ވޯލްޑްކަޕް ކޮލިފައިންގައި ރޭ އަލްބޭނިއާ އަތުން ފަސޭހަކަމާއެކު 0-2 ލަނޑުގެ ނަތީޖާއަކުން ސްޕެއިން މޮޅުވިއިރު އިޓަލީ ވަނީ ފަހުވަގުތު މެސަޑޯނިއާ 3-2 ލަނޑުގެ ނަތީޖާއަކުން ބަލިކޮށްފަ އެވެ.

ރޭގެ މެޗުތަކަށް ފަހު ގްރޫޕް ޖީގެ އެއްވަނާގައި އޮތް ސްޕެއިންނަށް ވެސް ހަތް ޕޮއިންޓް ލިބިފައިވާއިރު އިޓަލީއަށް ދެވަނަ ލިބެނީ ހަތް ޕޮއިންޓާއެކު ފައިދާ ގޯލުގެ ތަފާތުންނެވެ. ތިން ވަނާގައި ހަ ޕޮއިންޓާއި އެކު އޮތީ އަލްބޭނިއާ އެވެ.

އަލްބޭނިއާގެ ދަނޑުގައި ސްޕެއިން މޮޅުވީ ދެވަނަ ހާފްގައި އެ ޓީމުން ކާމިޔާބުކުރި ދެ ގޯލުންނެވެ. ފުރަތަމަ ގޯލު މެޗުގެ 55 ވަނަ މިނެޓްގައި ޗެލްސީގެ ފޯވާޑް ޑިއެގޯ ކޯސްޓާ ކާމިޔާބުކުރީ ޑޭވިޑް ސިލްވާ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ސްޕެއިންގެ ދެވަނަ ގޯލު މެޗުގެ 63 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ނޮލީޓޯ އެވެ.

ރަށުން ބޭރުގައި ރޭ އިޓާލީ ކުޅުނު މެޗުގެ 24 ވަނަ މިނެޓްގައި އެ ޓީމުގެ ފޯވާޑް އަންދްރޭ ބެލޮޓީ ވަނީ އިޓަލީއަށް ލީޑު ނަގައިދީފަ އެވެ.

ނަމަވެސް މެސަޑޯނިއާ އިން ވަނީ ދެވަނަ ހާފްގައި އެމީހުންގެ ކުޅުން ރަނގަޅުކޮށް ދެ މިނެޓް ތެރޭގައި ދެ ގޯލު ކާމިޔާބް ކޮށް އިޓަލީ ހާއްސްކޮށްލާފައެވެ. މެޗުގެ 57 ވަނަ މިނެޓްގައި އިލިޖާ އާއި އޭގެ ދެ މިނެޓްފަހުން ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ފަރްހާން ހަސަނީ އެވެ.

އެ ނަތިޖާގައި އޮވެ މެސަޑޯނިއާ މޮޅުވާން ދަނިކޮށް އިޓަލީ އަށް އެއްވަރުކޮށްދިނީ ޒުވާން ފޯވާޑް ޗީރޯ އިމޮބިލޭ އެވެ. އަދި އޭނާ ވަނީ އިތުރުވަގުތުގެ ތެރޭގައި ގޯލެއް ކާމިޔާބުކޮށް އިޓަލީ މޮޅުކޮށްދީފަ އެވެ.