ބަންގްލަދޭޝް އިން ރާއްޖެއައި ބަންގްލަދޭޝް ފިރިހެނެއްގެ އަތުން 1.54 ކިލޯގެ ކެނަބިސް އަތުލައިގެންފި އެވެ.

މިމަހުގެ ހަތަރުވަނަ ދުވަހު މިހިން ލަންކާ ފްލައިޓުން ރާއްޖެއައި އެމީހާގެ އަތުން އެތަކެތި އަތުލައިގެންފައިވަނީ، އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކުވެގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ފޮށިތަންމަތިންނެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ އެ މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައި ބަންގްލަދޭޝްގެ އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފައިވާ އިރު، އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

މިދިޔަ ހަފްތާ ތެރޭގައި ވަނީ އިންޑިއާއިން ވައިގެ މަގުން އެތެރެ ކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެސް އަތުލައިގަނެ ބަޔަކު ހައްޔަރުކޮށްފައެވެ.