10 Oct 2016, 11:41
ހޭންޑްބޯލް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ، ހަތަރުވަނަ ގައުމީ ހޭންޑްބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހޭންޑްބޯލް އެސޯސިއޭޝަނުން ބުނީ، އަންނަ މަހުގެ 20ން 30ށް ބޭއްވުމަށް ހަމަޖެހިފައިވާ 4 ވަނަ ގައުމީ ހޭންޑްބޯލް މުބާރާތުގައި ބައިވެރިވާން އެދޭ، އެ އެސޯސިއޭޝަންގެ މެންބަރު ކްލަބުތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށް ފަހު، މިހިނގާ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުގެ ކުރީން ހޭންޑްބޯލް މޯލްޑިވްސްގެ އޮފީހަށް ފޯމު ހުށެހުޅުމަށް އެދޭ ކަމަށެވެ.
މުބާރާތުގައި ވާދަކުރާން ބޭނުންވާ ފަރާތްތަކުން، ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުގެ މެންދުރު ފަހު 2:00ގެ ކުރީން ޓީމުލިސްޓު ހުށަހަޅާން ޖެހޭކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.
ހޭންޑްބޯލް މޯލްޑިވްސް އިން ބުނީ، ގައުމީ ހޭންޑްބޯލް މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު، ގަލޮޅު ދަނޑުގައި ހުންނަ، އެ އެސޯސިއޭޝަންގެ އޮފީހުން ލިބެން ހުންނާނޭކަމަށާއި، 9989922 ނަންބަރު ފޯނަށް ގުޅުމުން އިތުރު މައުލޫމާތު ލިބޭނެކަމަށެވެ