10 Oct 2016, 10:43
ސުބާޝް ކަޕޫރު ޑައިރެކްޓު ކުރާ ފިލްމު "ޖޮލީ އެލްއެލްބީ 2" ގެ ޝޫޓިން 30 ދުވަހުގެ ތެރޭގައި ނިންމާލާފައިވާ ކަމަށް ފިލްމުގެ ލީޑު، އަކްޝޭ ކުމާރު ބުނެފި އެވެ.
އަކްޝޭ ބުނީ އެ ފިލްމަކީ އޭނާ އަށް ރެކޯޑެއް ކަމަށާއި، މީގެ ކުރިން އެހާ އަވަހަށް ފިލްމެއްގެ ޝޫޓިން ނިންމާލެވިފައި ނުވާ ކަމަށެވެ.
އަކްޝޭ ވަނީ ފިލްމުގެ ޑައިރެކްޓަރަށް ވެސް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ. އެގޮތުން ސުބާޝް އަކީ ވަރަށް ރޭވުންތެރި އަދި އަބަދުވެސް ވަރަށް ތައްޔާރަށް ހުންނަ މީހެއް ކަމަށް އަކްޝޭ ބުންޏެވެ.
އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު އެވެ. އަކްޝޭ އާއެކު އެ ފިލްމުން ދެން ފެނިގެން ދާނީ ހުމާ ޤުރޭޝީ އެވެ.