Back
Nov 23, 2025 SUN
SUN

ރާއްޖޭގެ ޓޫރިޒަމް ދަށަށް ގޮސްގެން މިއުޅެނީ އިދިކޮޅު ފަރާތްތަކުގެ ސަބަބުން: ވިޔަފާރިވެރިންގެ ޖަމިއްޔާ

ރާއްޖޭގެ ޓޫރިޒަމް ދަށަށް ގޮސްގެން މިއުޅެނީ އިދިކޮޅު ފަރާތްތަކުގެ ސަބަބުން: ވިޔަފާރިވެރިންގެ ޖަމިއްޔާ
Lead photo

ރާއްޖޭގެ ޓޫރިޒަމް ދަށަށްގޮސްފައިވަނީ އިދިކޮޅު ފަރާތްތަކުގެ ސަބަބުން ކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއީލް އާސިފް ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން އާސިފް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ދަށަށް ގޮސްގެން މިއުޅެނީ ބޮޑެތި މާކެޓުތަކަށް ހުރި ގޮންޖެހުންތަކުގެ އިތުރުން އިދިކޮޅު ފަރާތްތަކުން ރާއްޖެއަކީ އެކްސްޓްރީމް ގައުމެއް ކަމަށް ލޭބަލް ކުރުމަށް މަސައްކަތް ކުރަމުން ދާތީ ކަމަށެވެ.

އަސިފް ވިދާޅުވީ މިއަހަރު ޓޫރިޒަމް ދަށަށް ގޮސްފައިވީ ނަމަވެސް އަންނަ އަހަރު ރާއްޖޭގެ ޓޫރިޒަމް ވަރަށް ބޮޑުތަން ރަނގަޅުވެގެން ދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރުގެ ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ބޮޑެތި ގިނަ މަޝްރޫއުތަކެއް ހިންގަމުންދާ ކަމަށެވެ. އަދި މިހާރު ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ސަބަބުން ވާނީ ފައިދާ ކަމަށާއި، އެ ލޯނުތަކުގެ އެހީގައި ހިންގާ މަޝްރޫއުތަކުން ރާއްޖޭގެ ތަަރައްގީވުމަށް މަގުފަހި ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިޞާދާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އާސިފް ވިދާޅުވީ މިހާރު ރާއްޖޭގެ ވެރިއަކަށް ހުރި ބޭފުޅާ އެމަނިކުފާނުގެ އަމިއްލަ ގަނޑުވަރު ބިނާ ކުރުމުގެ ބަދަލުގައި ފެންނަނީ ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދާ މަންޒަރު ކަމަށެވެ.

"މިހާރު ވެރިޔަކަށް ހުރިމީހާ އޭނާގެ ގަނޑުވަރު ހަދަނީކީ ނޫނޭ. އޭނާ ހަމަ ސީރިއަސްކޮށް މިހަދަނީ ކޮންމެވެސް ރަށެއްގެ ނަރުދަމާ ނިޒާމާ ކޮންމެވެސް ރަށެއްގެ މަގާ، ރާއްޖޭގެ ކޮންމެވެސް ރަށެއްގެ ބްރިޖާ. މިއީ ވަރަށް ބޮޑު ތަފާތެއް އަޅުގަނޑަށް. މިއާ އެކީގަ ރާއްޖޭގަ އުޅޭ މީހުންނަށްވެސް ވަރަށް ބޮޑު ތަފާތެއް. މިކަންތަކުގެ ސަބަބުން ޑައިރެކްޓްލީ އިކޮނޮމީއަށް އިންފްލުއެންސް ކުރާނެ،" އާސިފް ވިދާޅުވިއެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics