09 Oct 2016, 15:55
ކުންފުނިތަކާއި އޮފީސްތަކަށް ހުޅުވާލައިގެން ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ އިންޓަ އޮފީސް ކެރަމް މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
މިދިޔަ މަހުގެ 30ން ފެށިގެން ކެރަމް ހޯލްގައި ކުރިއަށްދިޔަ އެ މުބާރާތް ނިންމާލާފައިވަނީ ރޭ ކުޅުނު މުބާރާތުގެ ފަހު މެޗުތަކަށްފަހު އެވެ.
އެ މުބާރާތުގެ ފިރިހެންބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ. ރަނަރަޕްކަން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ހޯދި އިރު، ތިން ވަނަ ހޯދާފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ.
އެ މުބާރާތުގެ އަންހެންބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ. ރަނަރަޕްކަން ކަސްޓަމްސް ރެކްރިއޭޝަން ކްލަބު (ސީއާރްސީ) އިން ހޯދި އިރު، ތިން ވަނަ ހޯދާފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެވެ.
މުބާރާތުގެ ފިރިހެނުންގެ ސިންގަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ އެމްޕީއެލްގެ ޔަމާން އަބްދުލް ޖަލީލެވެ. ފިރިހެން ސިންގަލްސް ރަނަރަޕްކަން އައިޖީއެމްއެޗްގެ މުހައްމަދު މުނައްވަރު ހޯދި އިރު، ތިން ވަނަ ހޯދާފައިވަނީ ސީއާރްސީގެ އާދަމް ސޮލާހެވެ.
އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ އެމްއޭސީއެލްގެ ފާތިމަތު މުހައްމަދު ސައީދެވެ. އަންހެން ސިންގަލްސް ރަނަރަޕްކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އައިމިނަތު ހެމާ ހޯދި އިރު، ތިން ވަނަ ހޯދާފައިވަނީ ބީއެމްއެލްގެ އައިޝަތު ސަމާހަތު އެވެ.
މުބާރާތުގެ ފިރިހެނުންގެ ޑަބަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ އެމްޕީއެލްގެ ޔަމާން އަބްދުލް ޖަލީލާއި އަހްމަދު އަލީމްގެ ޕެއާ އެވެ. ރަނަރަޕްކަން ޕަބްލިކް މީޑިއާ ސާވިސް (ޕީއެސްއެމް)ގެ އަބްދުﷲ ލަބީދު އާއި އަލީ ޝިފާއުގެ ޕެއާ ހޯދި އިރު، ތިން ވަނަ ހޯދާފައިވަނީ އައިޖީއެމްއެޗްގެ ހަސަން ލަތީފާއި މުހައްމަދު ވަލްދާން އެވެ.
އަންހެނުންގެ ޑަބަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ އެމްއޭސީއެލްގެ ތަހުމީނާ އާއި ފާތިމަތު މުހައްމަދުގެ ޕެއާ އެވެ. ރަނަރަޕްކަން ސީއާރްސީގެ އައިމިނަތު ހަލީމް އާއި މަރިޔަމް ހުދުނާގެ ޕެއާ ހޯދި އިރު، ތިން ވަނަ ހޯދާފައިވަނީ ބީއެމްއެލްގެ ފަރުހާނާ އަބްދުލް އަލީމް އާއި ފާތިމަތު ޔުމްނާގެ ޕެެއާ އެވެ.
މުބާރާތުގެ މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެމްއޭސީއެލްގެ ހުސައިން ނާޒިމް އާއި ފާތިމަތު މުހައްމަދުގެ ޕެއާ އެވެ. ރަނަރަޕްކަން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އަބްދުﷲ އިކްރާމް އާއި ނަޒީފާ އިސްމާއިލްގެ ޕެއާ ހޯދި އިރު، ތިން ވަނަ ހޯދާފައިވަނީ އެމްއޭސީއެލްގެ އަލީ ފަރުހާދާއި މަރިޔަމް ޖުވޭރިޔާގެ ޕެއާ އެވެ.