މެރިކަލްޗަރ އެންޓަޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ލ. ކަލައިދުއާއި އެއަތޮޅު ދަނބިދޫގައި ހުއިފިލަނޑާ އާލާކޮށް ބޮޑުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމަޝްރޫއު އިފްތިތާހުކޮށްދެއްވައި މޫދުގައި ހަދާފައިވާ ކޮށިތަކަށް ކުދި ހުއިފިލަނޑާ ދޫކޮށްދެއްވީ، ފިޝަރިޒް މިނިސޓަރު ޑރ. މުހައްމަދު ޝައިނީއެވެ.

މޫދު ކޮށީގައި ހުއިފިލަނޑާ ގެންގުޅެ މާކެޓް ސައިޒަށް ބޮޑުކުރުމަށް މިއަދު އެދެ ރަށުގައި އެ މަޝްރޫ އިފްތިތާހުކޮށްފައިވާއިރު އެދެ ރަށާއި ލ. އިސްދޫ ހިމެނޭގޮތަށް އެމަސައްކަތް ކުރަން ބޭނުންވާ 100 ފަރާތަކަށް ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ. އެކަން ކުރުމަށް ބޭނުންވާ ތަކެތި ހޯދުމަށް ލުއި ލޯނެއް ދޫކުރުމަށްވެސް ވަނީ ނިންމާފައެވެ.

އެ މަޝްރޫއަކީ އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމެންޓް (އިފާޑް) އާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.