09 Oct 2016, 11:08
ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރި ކުރުމާ ބެހޭ ފޯރަމެއް، މި މަހުގެ ތެރޭގައި ސްރީލަންކާގައި ބޭއްވުމަށް ނިންމައިފިއެވެ.
ސްރީލަންކާގެ ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ، ނޭޝަނަލް ޗެމްބާ އޮފް ކޮމާސް އޮފް ސްރީލަންކާއިން އިސްނަގައިގެން، "ބައިލެޓަރަލް ޓްރޭޑް ބިޓްވީން ސްރީލަންކާ އެންޑް މޯލްޑިވްސް"ގެ ނަމުގައި ބާއްވާ ފޯރަމް އޮންނާނީ މިހިނގާ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު، ކޮލޮމްބޯގައެވެ.
މި ފޯރަމްގެ މައިގަނޑު ބޭނުމަކީ ސްރީލަންކާގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ވިޔަފާރީގެ ދާއިރާގައި ހުރި އެކި ކަހަލަ ފުރުސަތުތަކާ ބެހޭ މައުލޫމާތު އެފަރާތްތަކަށް އެރުވުމެވެ.
މި ފޯރަމްގައި، ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު ޒާހިޔާ ޒަރީރާއި، ދިވެހި ހައިކޮމިޝަނުގެ އިސް ފަރާތްތައް ބައިވެރިވާ އިރު، ލަންކާގެ ވިޔަފާރިވެރިންނަށް އެބޭފުޅުންނާ ސީދާ ބައްދަލުކޮށް، ރާއްޖޭގައި ހުރި ފުރުސަތުތަކާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ލިބޭނެއެވެ.
ލަންކާގައި ހުންނަވާ ދިވެހި ސަފީރު ޒާހިޔާ ޒަރީރު މީގެ ކުރިން ވެސް ވަނީ، ސްރީލަންކާގެ އިފައެވެ. ސިލޯން ޗެމްބާ އޮފް ކޮމާސް (ސީސީސީ)އާ އެކު މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ބައްދަލުކުރުމުގައި ރާއްޖޭގައި ހުރި ތަރައްގީގެ މަޝްރޫއުތަކުގެ މައުލޫމާތު ޒާހިޔާ ދެއްވިއެވެ. އަދި އެއާޕޯޓު ތަރައްގީ ކުރުން، ގެދޮރު އެޅުން، ހޮސްޕިޓަލު އެޅުން، އަދި ރިނިއުބަލް އެނާޖީ ފަދަ ދާއިރާތައް ބޭރުގެ ވިޔަފާރިވެރިންނަށް ހުޅުވާލާނެ ކަމަށް ޒާހިޔާ ވިދާޅުވިއެވެ.