09 Oct 2016, 10:34
ދަނޑުވެރިންގެ ދުވަހާ ގުޅިގެން ދަނޑުވެރިކަމާ ގުޅޭ ހާއްސަ މައުރަޒެއް މާދަމާ ބޭއްވުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ، އަށް ވަނަ ދަނޑުވެރިންގެ ދުވަހާ ގުޅުވައިގެން މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހާ ހަމައަށް ދަނޑުވެރިކަމުގެ ހާއްސަ މައުރަޒެއް ދަރުބާރުގޭގައި ބޭއްވުމަށް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.
ފިޝަރީޒު މިނިސްޓްރީން ބުނީ، އެ މައުރަޒު ހުޅުވިފައި ހުންނާނީ، ހަވީރު 4:00އިން އިރުއޮށްސި 6:00އަށް ކަމަށެވެ. އަދި ރޭގަނޑު 8:00އިން 10:00އަށް މައުރަޒު ހުޅުވިފައި ހުންނާނެ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، މާދަމާ އަދި އޭގެ އަނެއް ދުވަހު މައުޒަރު ހުޅުވިފައި ހުންނާނީ ހެނދުނު 9:00އިން ފެށިގެން މެންދުރު 12:00އަށް ކަމަށެވެ. އަދި މެންދުރު 1:00އިން ފެށިގެން 3:00އަށް މައުރަޒު ހުޅުވިފައި ހުންނާނެ އެވެ. އަދި އެ ދުސްތަކުގެ ހަވީރު 4:00އިން 6:00އަށް މައުރަޒު ހުޅުވިފައި ހުންނާނެ ކަމަށާއި އަދި ރޭގަނޑު 8:00އިން 10:00އަށް ހުޅުވިފައި ހުންނާނެ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، އެފަދަ މައުރަޒެއް ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގައި ބުރަ މަސައްކަތްކުރާ ދަނޑުވެރީން ކުރާ މަސައްކަތް އާންމުންނަށް ދައްކާލުމާއި އަދި އެކަމުން ދަނޑުވެރިކަމުގެ ދާއިރާއަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރުކުރުވުން ކަމަށެވެ.
މިއަހަރުގެ މައުރަޒުގައި ހިމެނޭ މައިގަނޑު ބައެއް ކަންކަމުގެ ތެރޭގައި ކުޑަކުދީންނަށް ހާއްސަ ފައިދާހުރި ތަފާތު ކާނާ ތައްޔާރުކުރާނެ ގޮތް ދެއްކުން ހިމެނެ އެވެ. އަދި ކުޑަކުދީންނަށް ހާއްސަކޮށްގެން، ހަށިގަނޑަށް ފައިދާހުރި ބައެއް ސެލެޑް ތައްޔާރުކުރާނެ ގޮތް ދައްކާލުން ވެސް މިފަހަރުގެ މައުރަޒުގައި ހިމެނޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެ އެވެ.
ދަނޑުވެރީންގެ ދުވަހެއް ސަރުކާރުން ފާހަގަކުރަން ކުރަން ފެށީ 2009ވަނަ އަހަރު އެވެ. އަދި ކޮންމެ އަހަރެއްގެވެސް އޮގަސްޓު މަހުގެ ނުވަވަނަ ދުވަހަކީ ދަނޑުވެރީންގެ ދުވަސް ކަމުގައި ސަރުކާރުން ވަނީ ނިންމާފައެވެ.