މިއަހަރުގެ ސެޕްޓެމްބަރު މަހު އެމެރިކާގައި 156،000 ވަޒީފާ އުފައްދައިފިއެވެ.

ބީބީސީން ބުނެފައިވާ ގޮތުގައި އެގައުމުގައި 156،000 ވަޒީފާ އުފައްދާފައި ވީ ނަމަވެސް އެ އަދަދަކީ އުފެއްދޭނެ ކަމަށް ލަފާ ކުރި ވާޒީފާތަކުގެ މިންވަރަށްވުރެ ދަށް އަދަދެކެވެ. ސެޕްޓެމްބަރު މަހުގައި އުފެއްދޭނެ ކަމަށް ލަފާކޮށްފައި ވަނީ 167،000 ވަޒީފާއެވެ.

މި ވަޒީފާތަކާ އެކު މިއަހަރުގެ މިހާތަނަށް އެމެރިކާގައި އެވްރެޖްކޮށް މަހަކު 180،000 ވަޒީފާ އުފެއްދިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

އެމެރިކާގެ ޑިޕާޓްމެންޓް އޮފް ލޭބާ އިން ހާމަ ކުރި ގޮތުގައި ވަޒީފާތައް އުފައްދާފައިވަނީ ޕްރޮފެޝަނަލް ޚިދުމަތްތަކާއި ވިޔަފާރީގެ ޚިދުމަތްތަކާއި ސިއްހީ ޚިދުމަތްތަކުގެ ދާއިރާއިންނެވެ.

އެގައުމުގައި ވަޒީފާ ނެތް މީހުން ގިނަވެފައިވުމާ އެކު އަންއެމްޕްލޯއިމެންޓް ރޭޓު ވަނީ 4.9 ޕަސެންޓުން ފަސް ޕަސެންޓަށް މަތި ވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު މިއަހަރު އެގައުމުގައި އުފެއްދިފައިވާ ވަޒީފާތަކުގެ އަދަދު ވަނީ ވަރަށް މަދުވެފައެވެ. މިދިޔަ އަހަރު އެގައުމުގައި މަހެއްގެ މައްޗަށް އެވްރެޖްކޮށް 229،000 ވަޒީފާ އުފެއްދިފައި ވެއެވެ.