ރެޑްލައިން ކްލަބަ ބަލިކޮށް ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ދަ ބައުސް ސްޕޯޓްސް ކްލަބް އިން ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓްގައި ކުޅުނު ސެމީ ފައިނަލްގެ މެޗު ދަބައުސް އިން ކާމިޔާބް ކުރީ ވާދަވެރި ފޯރި ގަދަ މެޗަކަށް ފަހު ދެ ޕޮއިންޓްގެ ތަފާތުން، 80-78 ޕޮއިންޓުން ރެޑްލައިން ކްލަބު ބަލިކޮށްގެންނެވެ.

އެމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަބައުސް އަށް 64 ޕޮއިންޓް އެއްކޮށްދިން ބިދޭސީ ކުޅުންތެރިޔާ މާކޯ ސަމަނޮވިޗެވެ. ރެޑްލައިނަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ މުހައްމަދު ޒިލާލެވެ. އޭނާ ވަނީ ޖުމްލަ 20 ޕޮއިންޓް ހޯދަދީފައެވެ.

މާދަމާރޭ ކުޅޭ ފައިނަލުގައި ބައުސް ނުކުންނާނީ ފުރަތަމަ ސެމީ ފައިނަލް ކާމިޔާބްކުރި ޓީރެކްސް ބީސީއާ ދެކޮޅަށެވެ. އެ ޓީމު ފައިނަލުން ޖާގަ ހޯދީ ރެޑްލައިން ބަލިކޮށްގެންނެވެ.