07 Jun 2011, 16:12
ހައި ކޯޓުގެ ފަނޑިޔާރު އައްބާސް ޝަރީފަށް ދައުވާ ލިބޭ ގޮތަށް ލޯނެއްގެ މައްސަލައިގައި ބޭންކް އޮފް މޯލްޑިވްސް ]ބީއެމްއެލް[ އިން ކޯޓަށް މައްސަލަ ވައްދައިފި އެވެ.
އައްބާސް އަށް ދައުވާ ލިބޭ ގޮތަށް އޭޕްރީލް 3، 2011 ގައި ބީއެމްއެލް އިން ސިވިލް ކޯޓަށް މައްސަލައެއް ވައްދާފައިވާ ކަމަށް އެ ކޯޓުން ވެސް ކަށަވަރުކޮށްދެ އެވެ. އަދި އެ މައްސަލައިގެ އަޑުއެހުމެއް ދައުވާ ލިބޭ ފަރާތުން އެދިވަޑައިގަތުމުގެ ސަބަބުން ކެންސަލްކޮށްފައިވާ ކަމަށް ވެސް ކޯޓުން ބުނެ އެވެ. އޭގެ ފަހުން މިހާތަނަށް އެ މައްސަލަ ޝެޑިއުލްކޮށްފައެއްނުވެ އެވެ.
ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި އައްބާސް އަށް ބީއެމްއެލް އިން ދައުވާ ކުރަނީ އޭނާ ގެރެންޓީ ދެއްވާފައިވާ ލޯނެއް ނުދައްކައި އޮތުމުންނެވެ. އެނގިފައިވާ ގޮތުގައި ބީއެމްއެލް އިން އެ ލޯނު ނަންގަވާފައި ވަނީ އައްބާސްގެ ބައްޕަ އެވެ.
ނަމަވެސް އެއީ ކިހާވަރެއްގެ ލޯންނެއް ކަމެއް ޔަގީނެއް ނުވެ އެވެ.