ޝީޝާއިން ފަށާފައިވާ އިންސްޓޯލްމަންޓު ޕްރޮމޯޝަނުގެ ދަށުން، އެކުންފުނީގެ ކަސްޓަމަރަކު އިންސްޓޯލްމަންޓަށް ނަގާފައިވާ ސައިކަލެއްގެ ބާކީ އިންސްޓޯލްމަންޓު ދައްކަން ނުޖެހޭ ގޮތަށް، ސައިކަލު މިލްކު ކޮށްދީފިއެވެ.

ޝީޝާއިން ސެޕްޓެމްބަރު މަހު ފެށި އިންސްޓޯލްމަންޓު ޕްރޮމޯޝަން ކުރިޔަށް ދަނީ، އެތަނުން އިންސްޓޯލްމަންޓަށް ނަގާ ސައިކަލަކަށް ދައްކާ ކޮންމެ ކޮންމެ 1،000 ރުފިޔާއަކަށް ކޫޕަނެއް ދޭ ގޮތަށެވެ. ކޮންމެ މަހަކު ނަސީބުވެރިއަކު ގުރުއަތުން ހޮވާ އިރު، އެ ނަސީބުވެރިޔާ ޝީޝާއަށް ދައްކަން ބާކީ އޮންނަ އިންސްޓޯލްމަންޓު ފައިސާ މައާފުވެ، ސައިކަލު އެފަރާތަކަށް ލިބޭނެއެވެ.

ޝީޝާ ޝޯރޫމްގައި ހުރި ސައިކަލުތަކެއް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އެގޮތުން، ސެޕްޓެމްބަރު މަހު ޝީޝާއިން އިންސްޓޯލްމަންޓަށް ސައިކަލު ނަގައި، ޕްރޮމޯޝަނުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ނަސީބުވެރިއާ މިއަދު ވަނީ ނަގައިފައެވެ.

ނަސީބުވެރިއަކަށް ހޮވުނީ އަބްދުﷲ މަސްހޫދު ކިޔާ ފަރާތެކެވެ. އޭނާ ގަތް ސައިކަލުގެ އިންސްޓޯލްމަންޓަށް ދެއްކުމަށް 23،000 ރުފިޔާ ބާކީ އޮތް ނަމަވެސް، އެ ފައިސާ އޭނާ ދައްކާކަށް ނުޖެހޭނެއެވެ.

ޝީޝާގެ އިންސްޓޯލްމަންޓް ޑިޕާޓްމެންޓް ގެ ކަސްޓަމާ ރިލޭޝަންސް މެނޭޖަރ އައިމިނަތު ޝިފްޒާ ވިދާޅުވީ އެ ޕްރޮމޯޝަނަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

ޝީޝާގެ އިންސްޓޯލްމަންޓް ޑިޕާޓްމެންޓްގެ ކަސްޓަމާ ރިލޭޝަންސް މެނޭޖަރ އައިމނަތު ޝިފްޒާ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

"ވަރަށް ރަނގަޅޭ ދެންނެވޭނީ. ޕްރޮމޯޝަން ވަރަށް ރަނގަޅަށް ކުރިޔަށް ދަނީ،" ޝިފްޒާ ވިދާޅުވިއެވެ.

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ޝީޝާ ޝޯރޫމުން ވެސް މި ޕްރޮމޯޝަން ކުރިޔަށް ދެއެެވެ.

ޝީޝާގެ އިންސްޓޯލްމަންޓު ޕްރޮމޯޝަން ކުރިޔަށް ދަނީ ސެޕްޓެމްބަރު ތިނަކުން ފަށައިގެން ޑިސެމްބަރު ދެވަނަ ދުވަހުގެ ނިޔަލަށެވެ.