06 Oct 2016, 12:07
ހުޅުމާލޭގެ ފަރު ސާފު ކުރުމުގެ ޕްރޮގްރާމެއް އަންނަ ހޮނިހިރު ދުވަހު ބާއްވަން އެސްޓީއޯއިން ނިންމައިފިއެވެ.
ކޮންމެ އަހަރަކުވެސް އެސްޓީއޯއިން ފަރު ސާފު ޕްރޮގްރާމު ހިންގައެވެ. އެގޮތުން މިއަހަރުގެ ޕްރޮގްރާމު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހުޅުމާލޭގައި ކަމަށާއި މި ޕްރޮގްރާމް ކުރިއަށްދާނީ އެދުވަހުގެ ހެނދުނު 09:00 އިން ފެށިގެން ހަވީރު 15:00 އާ ހަމައަށް ކަމަށް އެސްޓީއޯއިން ބުންޏެވެ.
STO's Annual Reef Cleaning in Association with dive clubs and NGOs will take place this Saturday at Hulhumale'!#STOReefCleaning2016pic.twitter.com/fMTfBOgbAQ
— STO Plc (@sto_mkt)October 6, 2016
މީގެ އިތުރުން މި ޕްރޮގްރާމު ކުރިއަށް ގެންދާނީ ޑައިވް ކްލަބްތަކާއި ކަމާ ގުޅޭ ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން ކަމަށް އެކުންފުނިން ބުނެއެވެ.
މިއީ އެ ކުންފުނިން ކޮންމެ އަހަރަކު ހިންގާ "ރީފް ކްލީނިންގް" ޕްރޮގްރާމްގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.