06 Oct 2016, 11:12
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބު އަންނަ ނޮވެމްބަރު 20ގައި ބާއްވަން އިއުލާން ކޮށް މަގާމްތަކަށް ކުރި މަތިލުމުގެ ފުރުސަތު ހުޅުވާލާފިއެވެ.
އެފްއޭއެމުން މިއަދު ނެރުނު އިއުލާނެއްގައި ވާ ގޮތުން، ހުސްވެފައިވާ އެފްއޭއެމްގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އެފްއޭއެމްގެ ރައީސްގެ މަގާމް ހުސްވީ އެކްސްކޯގައި ހިމެނިވަޑައިގެންނަވާ ނުވަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރަކު އެއްފަހަރާ އިސްތިއުފާ ދެއްވުމުން ރައީސްގެ މަގާމްގައި ހުރި އަހުމަދު ޠާރިޤު (ޓޮމް)ގެ މަގާމް ގެއްލުވާލުމުންނެވެ.
އަންނަ މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ އިންތިހާބުގައި ހޮވާނީ އެފްއޭއެމްގެ ރައީސްގެ މަގާމަށް ބޭފުޅަކާ، ދެ ނައިބު ރައީސްގެ އިތުރުން އެކްސްކޯގެ ހަ މެމްބަރުންނެވެ.