ލ. ހިތަދޫން ގެއްލިގެން ހޯދަމުން ދިޔަ އެރަށު ކައުންސިލްގެ ރައީސް އަހްމަދު މުހައްމަދު ފަޅު ގެއެއްގައި ނިދާފައި އޮއްވާ ފެނިއްޖެ އެވެ.

އޭނާ ފެނިފައިވަނީ މިއަދު ހެނދުނު 9.15 ކަންހާއިރެވެ. އަހްމަދު ފެނުނު އިރު އޭނާގެ ހާލު ރަނގަޅު ކަމަށް އެރަށު ކައުންސިލްގެ ނައިބު ރައީސް މައުލޫމާތު ދެއްވިއެވެ.

އަހްމަދު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ ފަތިހު 5.00 ހާއިރު އެވެ.