ފުލުހުން ސީންތަކަށް ހާޒިރުވެ ޢަމަލުކުރާނެ ގޮތްތަކާއި ހެކި ނަގާނެ ގޮތްތަކާއި ހެކިތައް އޭގެ އެންމެ ރަނގަޅު ވަގުތުގައި ނަގައި ކަމާގުޅުންހުރި ލެބޯޓްރީތަކަށް ގެންދިއުމުގައި ޢަމަލުކުރާ އުސޫލުތައް ކިޔަވައިދޭ ކޯހެއް ފަށައިފިއެވެ.

މިކޯހަކީ އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) އާއި ފުލުހުންގެ ފޮރެންސިކް ސަރވިސަސް ޑައިރެކްޓްރޭޓް ގުޅިގެން ހިންގާ ކޯހެކެވެ. މި ކޯސް ފަށާފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު، ވިލިމާލޭގައެވެ.

ފުލުހުން ބުނި ގޮތުގައި މި ކޯހުގައި ސީން ޕްރޮސެސްކުރުމުގައި ވިސްނަންވީ ކަންކަމާއި ސީންތަކުން ނެނގޭ ފޮޓޯތައް ބޭނުންކޮށްގެން ރިޕޯޓް ތައްޔާރުކޮށް ފޮޓޯތައް ރައްކާތެރިކަމާއެކު ބަލަހައްޓާނެ ގޮތްތައް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޯހުގައި ފުލުހުންގެ ތެރެއިން 15 ފުލުހަކު ބައިވެރިވެފައިވާއިރު މި ކޯހުގައި ކިޔަވައިދެނީ ކަމާގުޅޭގޮތުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކުން ކަމަށް ފުލުހުން ވިދާޅުވިއެވެ.