Back
Nov 23, 2025 SUN
SUN

މޯލްޑިވިއަންގެ ނުވަވަނަ ސީޕްލޭން ރާއްޖެ ގެނެސްފި

މޯލްޑިވިއަންގެ ނުވަވަނަ ސީޕްލޭން ރާއްޖެ ގެނެސްފި
Lead photo

ގައުމީ އެއާލައިން މޯލްޑިވިއަންގެ ސީޕްލޭން ފްލީޓަށް ނުވަވަނަ ބޯޓެއް މިރޭ ރާއްޖެ އަތުވެއްޖެއެވެ.

މިރޭ މޯލްޑިވިއަންގެ ސީޕްލޭން ފްލީޓާ ގުޅިފައިވަނީ ޑީއެޗްސީ6 ޓުވިން އޮޓާ މަރުކާގެ ބޯޓެކެވެ. މި ބޯޓު ރާއްޖެއަށް އައިސްފައިވަނީ ސްވިޓްޒަލެންޑްގެ ސެއިންޓް ގާލެން އަލްތޮންރާން އެއާޕޯޓުން ފުރައިގެންނެވެ.

އެ ބޯޓު މިރޭ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ 7:20 ހާއިރުއެވެ.

މޯލްޑިވިއަންއިން މިދިޔަ މަހުގެ ތެރޭގައި ވަނީ ޑީއެޗްސީ6 ޓުވިން އޮޓާ މަރުކާގެ ބޯޓެއް ގަތުމަށް އިއުލާން ވެސް ކޮށްފައެވެ.

މޯލްޑިވިއަނުން ޓްވިން އޮޓާ މަރުކާގެ މަތިންދާ ބޯޓު ބޭނުންކުރާނީ ފްލޯޓު ހަރުކޮށްގެން ސީޕްލޭންގެ ގޮތުގައެވެ.

އޭގެ ތެރޭގައި ލަގްޒަރީ ސީޕްލޭންގެ ގޮތުގައި ވެސް ބޯޓެއް ބޭނުންކުރަމުން ދެއެވެ.

މޯލްޑިވިއަނުން ދަނީ އެ އެއާލައިންގެ އޮޕަރޭޝަންތައް ފުޅާކޮށް، ފްލީޓު ވެސް ބޮޑުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics