Back
Nov 23, 2025 SUN
SUN

މަސްވެރިކަމާއި ކުދި ވިޔަފާރި ކުރިއަރުވަން ސައުދީ ފަންޑުން ރައީސްއާ އެކު މަޝްވަރާކޮށްފި

މަސްވެރިކަމާއި ކުދި ވިޔަފާރި ކުރިއަރުވަން ސައުދީ ފަންޑުން ރައީސްއާ އެކު މަޝްވަރާކޮށްފި
Lead photo

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީ ކުރުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ސައުދީ ފަންޑުގެ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީނާއި ސައުދީ ފަންޑުގެ ޗެއާމަންއާ ދެމެދު މަޝްވަރާކުރައްވައިފި އެވެ.

އެ މަޝްވަރާތައް ކުރައްވާފައި ވަނީ ރައީސް ޔާމިން މިހާރު ސައުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސައޫދީ ފަންޑުގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު ޑރ. ޔޫސުފް އަލް ބައްސާމް ރައީސް ޔާމީންގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއްގަ އެވެ.

ކިންގް ސައުދު ގެސްޓު ޕެލަސްގައި މިއަދު ހެނދުނު ބޭއްވި އެ މަޝްވަރާތަކުގައި ދެ ބޭފުޅުން ވެސް ވަނީ ރާއްޖޭގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކަށް ސައުދީގެ ފަރާތުން އިތުރަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިފަ އެވެ.

މީގެ އިތުރުން، ސައޫދީގެ އެންވަޔަރަމަންޓް ވޯޓާ އެންޑް އެގްރިކަލްޗަރު މިނިސްޓަރު އަބްދުއްރަހުމާން ބިން އަބްދުލް މުހުސިން އަލް ފަދުލީ ވެސް ވަނީ މިއަދު ރައީސް އަބްދުﷲ ޔާމީންގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާފަ އެވެ.

އެގޮތުން އެ ބައްދަލުވުމުގައި ދަނޑުވެރިކަން ފުޅާކުރުމާއި މަސްވެރިކަމުގެ ދާއިރާއިން ފުރުސަތުތައް ތަނަވަސްކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެ އެވެ.

ރައީސް ޔާމީން ސައުދީއަށް މިހާރު ދަތުރުފުޅެއް ކުރަމުންގެންދަވާއިރު، ސައުދީ ރަސްގެފާނުގެ ހާއްސަ ދައުވަތަކަށް ރައީސް ޔާމީންގެ ދެކަނބަލުން މިދިޔަ އަހަރުގެ މާޗް މަހު ވެސް ވަނީ އެގައުމަށް ދަތުރުފުޅެއް ކުރައްވައިފަ އެވެ. އެ ދަތުރުފުޅުގައި ވެސް ސައުދީން ވަނީ ރާއްޖޭގެ ސަރުކާރަށް ބޮޑެތި އެހީފުޅުތަކެއް ވެދެއްވަން ނިންމަވާފަ އެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics