Back
Nov 23, 2025 SUN
SUN

މިފްކޯ ބޯޓް ފުންކޮށް މިއަދު ދަތުރު ފަށަނީ

މިފްކޯ ބޯޓް ފުންކޮށް މިއަދު ދަތުރު ފަށަނީ
Lead photo

ސަތޭކަ ބާރަ ޓަނުގެ މަސް ބަރުކޮށްގެން ދަތުރުކުރަމުންދަނިކޮށް މ. ވޭވަށު ބޭރުން އޮންނަ ދޮންގިރި ފަރަށް އެރި މިފްކޯގެ ބޯޓް ފުންކޮށްފިއެވެ.

"މަހާކަލަމިންޖާ" ބޯޓް ފަރަށް އަރާފައިވަނީ ރޭ 10:15 ކަންހާއިރުއެވެ. އެހާދިސާގައި މީހަކަށް އަނިޔާއެއްނުވެއެވެ.

މިފްކޯގެ ޗީފް ފިޝް ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކް އޮފިސަރު އަންވަރު ސާދާތު މިއަދު ސަން އަށް ވިދާޅުވީ، މިއަދު 2:10 ކަންހާއިރު އެބޯޓް ފުންކޮށްފައިވާއިރު ބޯޓަށްވެސް އަދި ފަރަށްވެސް ބޮޑެތި ގެއްލުންތަކެއްނުވާ ކަމަށެވެ.

ބޯޓް ފަރަށް އެރި ސަރަހައްދު---

އެ ބޯޓް މިއަދު އަލުން އޮޕަރޭޝަންގައި ބޭނުންކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ބޯޓަކީ މިފްކޯގެ އެންމެ ބޮޑެތި މަސްބޯޓްތަކުގެ ތެރެއިން މަސް ބޯޓެކެވެ. މ. މުލަކު ބޭރުގައި ބަނދަރުކޮށްގެން އޮންނަ އެ ބޯޓް ފަރަށް އަރާފައިވަނީ މަސް ހިފައިގެން ގއ. ކޫއްޑޫއަށް ދަނިކޮށެވެ. ދެން އެބޯޓް ދިއުމަށް ނިންމާފައިވަނީ ގއ. ފަރެސްމާތޮޑާ އަށެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics