04 Oct 2016, 15:19
ވަކީލަކު އައްޔަންކޮށްފައި ވަނިކޮށް ވަކީލާ ނުލައި މައްސަލަ ކުރިއަށް ގެންގޮސްފައިވާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީގެ މައްސަލަ ޖޭއެސްސީއަށް ހުށާހަޅައިފި އެވެ.
މާރާމާރީއެއްގެ މައްސަލާގައި ހައްޔަރުކޮށްފައި ހުރި މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ވަކީލު އަހުމަދު ނާޒިމްގެ ޢައިރު ހާޒިރުގައި މަައްސަލަ ކުރިއަށް ގެންގޮސްފައިވާ ކަމަށް ބުނެ އެމައްސަލަ ޖޭއެސްސީއަށް ހުށަހެޅީ ނާޒިމް އެވެ.
ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އުފުލާފައިވާ އެމީހާ ޝަރީއަތް ނިމެންދެން ބަންދުގައިި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ގާޒީ އިބްރާހިމް އަލީ ނިންމަވާފައި ވަނީ ވަކީލުގެ ޣައިރު ހާޒިރުގައި ކަމަށް ނާޒިމް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެފަރާތުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.