އިނގިރޭސި ޕްރިމިއާ ލީގުގައި ސުއުތުހެމްޓަނުން އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީ ހިފަހައްޓައިފި އެވެ.

ޕްރިމިއާ ލީގުގައި މިއަދު ލެސްޓާ އާއި ސައުތުހެމްޓަން ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީ އާއި ސައުތުހެމްޓަން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން --- ފޮޓޯ: ރޮއިޓާސް

ލީގުގައި ކުޅުނު ހަތް މެޗުން ލިބުނު އަށް ޕޮއިންޓާއެކު ތާވަލުގެ 12 ވަނައިގައި ލެސްޓާ އޮތް އިރު، ކުޅުނު ހަތް މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ސައުތުހެމްޓަން އޮތީ ތާވަލުގެ ދިހަ ވަނައިގައެވެ.

ލެސްޓާގެ އަމިއްލަ ދަނޑުގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސައުތުހެމްޓަން އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެގޮތުން ސައުތުހެމްޓަންގެ ޗާލީ އޮސްޓިން އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ. އޭނާ އުފެއްދި އެއް ހަމަލާ އަމާޒުވެފައިވަނީ ލެސްޓާ ގޯލުގެ ހުރަސް ދަނޑިއަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީ އާއި ސައުތުހެމްޓަން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން --- ފޮޓޯ: ރޮއިޓާސް

މެޗުގެ 29 ވަނަ މިނެޓުގައި ލެސްޓާ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ވެން ޑައިކް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ލެސްޓާގެ އިނގިރޭސި ފޯވަޑް ޖެމީ ވާޑީ އުފެއްދި ހަމަލާ ލެސްޓާގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފަ އެވެ.

މެޗުގެ 63 ވަނަ މިނެޓުގައި ލެސްޓާ އަށް ލަނޑު ޖަހާނެ ފުރުސަތެއް ލިބިގެންދިޔަ އެވެ. ވެން ޑައިކް ދިން ބޯޅައަކުން އޮސްޓިން އުފެއްދި ހަމަލާ، ކީޕަރު ޝޫމައިކަލް ވަނީ މަތަކޮށްފަ އެވެ. އޮސްޓިން މަސައްކަތްކުރީ ޝޫމައިކަލްގެ ބޯ މަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލުމަށެވެ.