ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ 47 ވަނަ އެސްޓީއޯ ނިޕޮން ޕެއިންޓް ޓެނިސް ޗެމްޕިއަންޝިޕް އިއްޔެ ނިންމާލައިފި އެވެ.

ގައުމީ ޓެނިސް ސެންޓަރުގައި ޖުމްލަ 104 ބައިވެރިންނާ އެކު ކުރިއަށް ގެންދިޔަ އެ މުބާރާތުގައި އަންހެން 40 އަދި ފިރިހެން 60 ކުޅުންތެރިން ވަނީ ހަތަރު ކެޓަގަރީއިން ވާދަކޮށްފަ އެވެ.

އެސްޓީއޯ ނިޕޮން ޕެއިންޓް ޓެނިސް ޗެމްޕިއަންޝިޕް ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

އަންހެން އޯޕަން ބައިގަ ސިންގަލްސް ޗެމްޕިއަން ކަން ހޯދާފައި ވަނީ ޒައިނާ އަބްދުލް ރަޝީދު ބަލިކޮށް އައިމިނަތު މަލީލާ ސޯލިހް އެވެ. އެބައިގެ ޑަބަލްސް ޗެމްޕިއަނުންނަކީ އައިމިނަތު މަލީހާ ސޯލިހް އާއި އަޔާނީ މޫސާ ކަލީމްގެ ޕެއާ އެވެ. ރަނަރަޕް އަކީ ޒެއިނާ އަބްދުލް ރަޝީދު އާއި އައިމިނަތު އިރުފާ މާހިރު އެވެ.

ފިރިހެން އޯޕަންސް ސިންގަލްސް ޗެމްޕިއަން އަކީ އަބްދުﷲ ފާއިހް ފަޒީލް އެވެ. ރަނަރަޕް އަކީ އަލީ ފާރިސް މުހައްމަދު އެވެ. ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހުސެން ރަބީއު މުހައްމަދު އާއި އަބްދުﷲ ފާއިހް ފަޒީލް ހޯދީ ފައިނަލްގައި މުހައްމަދު ފަޒީހް އާއި އަހުމަދު އަކްރަމްގެ ޕެއާ ބަލިކޮށްފަ އެވެ.

އެސްޓީއޯ ނިޕޮން ޕެއިންޓް ޓެނިސް ޗެމްޕިއަންޝިޕް ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ސާޅިސް ފަސް އަހަރުން މަތީގެ ސިންގަލްސް ޗެމްޕިއަން އަކީ ހަސަން ޝާމް އެވެ. ރަނަރަޕް އަކީ އަހުމަދު ކަލީމް އެވެ. އެބައިގެ ޑަބަލްސް ޗެމްޕިއަންކަން މުހައްމަދު އަމީން އާއި މުހައްމަދު މަނިކް ހޯދީ ފައިނަލްގައި ޔޫސްފް ރިޒާ އާއި އަހުމަދު ކަލީމްގެ ޕެއާ ބަލިކޮށްފަ އެވެ.

ފަންސާސް ފަސް އަހަރުން މަތީގެ ޑަބަލްސް ޗެމްޕިއަނުންނަކީ އިބްރާހިމް ހުސެން އާއި އިބްރާހިމް ޚާލިދުގެ ޕެއާ އެވެ. ރަނަރަޕް އަކީ އިބްރާހިމް ރަޝީދު (ބީސީ) އާއި އިބްރާހިމް ރަޝީދު (ސީނޭ)އެވެ.

އެސްޓީއޯ ނިޕޮން ޕެއިންޓް ޓެނިސް ޗެމްޕިއަންޝިޕް ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

މިކްސް ޑަބަލްސް ޗެމްޕިއަންކަން ހުސެން ރަބީއު މުހައްމަދު އާއި ޒެއިނާ އަބްދުލް ރަޝީދުގެ ޕެއާ ހޯދީ ފައިނަލްގައި އަޔާނީ މޫސާ ކަލީމް އާއި އަބްދުﷲ ފާއިހް ފަޒީލް ބަލިކޮށްފަ އެވެ.