01 Oct 2016, 16:22
ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ އަހަރީދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ޝީ ޖިންޕިންގަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފި އެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ސްޓޭޓް ކައުންސިލް، ލީ ކީކްޔާންގަށް ވެސް ތަހުނިޔާގެ މެސެޖު ފޮނުއްވާފައިފަ އެވެ.
ރައީސް އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ޗައިނާގެ ރައީސްއަށާ ޗައިނާގެ ރައްޔިތުންނަށް ދުވަހުގެ މުނާސަބަތުގައި ހެޔޮ އެދުންތައް ފޮނުއްވާފައިވާ ކަމަށެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ރާއްޖެއާ ޗައިނާއާ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ އަޙުވަންތަ ގާތް ގުޅުން، އެމަނިކުފާނު ވަރަށް ބޮޑަށް ވަޒަންކުރައްވާ ކަމުގައި ވިދާޅުވެ، ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެ، ޗައިނާގެ ފަރާތުން ދިވެހިރާއްޖޭގެ ތަރައްގީއަށް ޓަކައި ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށް ޓަކައި ޝުކުރު އަދާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.