ހުސްވެފައިވާ އިނގިރޭސި ވިލާތުގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗުގެ މަގާމަށް ފްރާންސަށް އުފަން އާސެން ވެންގާގެ ޝަރުތު ފުރިހަމަވާ ކަމަށް އިނގިރޭސި އެފްއޭގެ ޗީފް އެގްޒެކްޓިވް މާޓިން ގްލެން ވިދާޅުވެއްޖެއެވެ.

މާޓިން އެހެން ވިދާޅުވީ ދާދި ފަހުން އިނގިރޭސިންގެ ކޯޗުގެ މަގާމަށް ގެނައި ސޭމް އެލަޑީސް އިސްތިއުފާ ދިނުމާ ގުޅިގެން އެފްއޭއިން އެމަގާމަށް މީހަކު ހޯދަމުންދާ ދަނޑިވަޅެއްގައެވެ.

"އެފްއޭގެ ޝަރުތު ތަކުގެ ތެރޭގަ އެއް ނުހިމެނޭ ކޯޗުގެ މަގާމަށް ގެންނަން ޖެހޭނީ ގައުމުގެ މީހެކޭ. ވެންގާއަށް ހުރިހާ ޝަރުތުތަކެއް ވެސް ހަމަވޭ،" މާޓިން ވިދާޅުވިއެވެ.

ވެންގާ ވަނީ މީގެ ކުރިން ފްރާންސްގެ ބައެއް ކުލަބްތަކަށް ކުޅުނު އޭއެސް މޮނޯކޯއަށް ކޯޗުކަން ވެސް ކޮށްދީފައެވެ. އޭނާ އިނގިރޭސިވިލާތަށް ދިޔައީ ޖަޕާންގެ ކުލަބަކަށް ވެސް ކޯޗު ކޮށްދިނުމަށް ފަހު 1996 ވަނަ އަހަރު އާސެނަލްގެ ކޯޗުގެ މަގާމަށެވެ.

ވޭތުވެދިޔަ 20 އަހަރު އާސެނަލްގެ ކޯޗުގެ މަގާމް މެދު ނުކެޑި އަދާކޮށްފައިވާ އުމުރުން 66 އަހަރުގެ ވެންގާ ވަނީ އާސެނަލްއަށް ތިން ފަހަރު ލީގް ކާމިޔާބްކޮށްދީ ހަ ފަހަރު އެފްއޭ ކަޕް ވެސް ހޯދަ ދީފައެވެ.

އިނގިރޭސިންގެ ކޯޗުގެ މަގާމަށް ވެންގާ އަތުވެދާނެ ތޯ ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި އޭނާ ބުނީ "އަހަރެން ހުސްކޮށް ހުރެއްޖެ ނަމަ ހަމަވުން އެކަށިގެންވާ ކަމެއް ތިޔައީ ވެސް،" ވެންގާ ބުންޏެވެ.

އެހެން ކަމުން އަންނަ ސީޒނުގެ ނިޔަލަށް އާސެނަލްއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނެ ވެންގާ އިނގިރޭސިންގެ ކޯޗުގެ މަގާމުން ފެނުމަކީ ގާތް ކަމެކެވެ.

އިނގިރޭސިންގެ ކޯޗުގެ މަގާމްގައި ހުރި އެލަޑީސްއެ މަގާމުން އިސްތިއުފާ ދިނީ ސިއްރު ނޫސްވެރިންތަކަކާ ދެއްކި ވާހަކަތަކެއް މީޑިއާއަށް ފަޅާ އެރުމުން އަމާޒްވި ފާޑުކިޔުންތަކުގެ ސަބަބުންނެވެ.