01 Oct 2016, 09:33
ބެއިޖިން (އޮކްޓޯބަރު 1): ޗައިނާގެ ޔުނާން ޕްރޮވިންސުގައިވާ ޔަމާ އަވަށުގައި ފިރިހެނަކު އޭނާގެ މައިންބަފައިންނާއި 17 އަވަށްޓެރިން މަރާލިކަމަށް އެއްބަސްވެއްޖެ އެވެ.
ޗައިނާގެ މީޑިއާތަކުގައިވާ ގޮތުން ވިއްސަކަަށް އަހަރުގެ ޔަންގް ގިންޕޭ މިދިޔަ ބުދަ ދުވަހު އޭނާގެ މައިންބަފައިން މަރާލީ ފައިސާގެ މައްސަލައެއްގެ ސަބަބުންނެވެ. އަދި މައިންބަފައިން މަރާލީ އޭނާކަން އެނގިދާނެތީ އެގެ ކައިރީގައި ދިރިއުޅޭ 17 އަވަށްޓެރިން މަރާލީ އެވެ.
ގިންޕޭ ވަނީ ތަފާތު ހަ އާއިލާއަކަށް ނިސްބަތްވާ މީހުން މަރާލައިފަ އެވެ. އޭގެ ތެރޭގައި 11 ފިރިހެންނުންނާއި އަށް އަންހެނުން ހިމެނޭ އިރު އޭނާ މަރާލި އެންމެ އުމުރުން ދުވަސްވީ މީހާގެ އުމުރަކީ 72 އަހަރެވެ. އަދި އެންމެ ކުޑަ ކުއްޖާގެ އުމުރުން ތިން އަހަރެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޔަމާ އަވަށުގެ ގާތްގަނޑަކަށް 200 ކިލޯމީޓަަރު ދުރުން، ކުންމިން ސިޓީން ހައްޔަރު ކުރި ގިންޕޭ އެ 19 މީހުން މަރާލާފައި ވަނީ ކިހިނެއް ކަމެއް ފުލުހުން ބުނެފައިވާ ނުވާ ކަމަށް ޗައިނާގެ ނޫސްތަކުގައިވެ އެވެ.
ޗައިނާއަކީ ބަޑި ވިއްކުން ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައިވާ ގައުމެކެވެ. އަދި އެގައުމުގައި އެއް ފަހަރާ ގިނަ ބަޔަކު މަރާލުމުގެ ހާދިސާތަކަކީ އާއްމު ކަމެއް ނޫނެވެ. (ބީބީސީ)