ދިރާގުގެ 28 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ދިރާގުގެ ކަސްޓަމަރުންނަށް 28 ޕަސެންޓް އިތުރު ޑޭޓާ ހަދިޔާ ކުރަން އެ ކުންފުނިން ނިންމައިފި އެވެ.

ދިރާގުގެ 28 ވަނަ އަހަރީ ދުވަހަކީ މިއަދެވެ.

ދިރާގުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ ހުރިހާ ބްރޯޑްބޭންޑް ޕްލޭންތަކާއި މޯބައިލް ޑޭޓާ ޕްލޭންތަކަށް 28 ޕަސެންޓް އިތުރު ޑޭޓާ މިއަދު ހަދިޔާ ކުރާނެ ކަމަށެވެ. އޭގެ އިތުރުން، މުޅި އޮކްޓޯބަރު މަހު ކުރާ ހުރިހާ ޑޭޓާ އެކްޓިވޭޝަނަކާ އެއްކޮށް ވެސް 28 ޕަސެންޓް އުތުރު ޑޭޓާ ހިލޭ ލިބޭނެ ކަމަށެވެ. އެ ޑޭޓާ ހޯދުމަށް ޓަކައި ކަސްޓަމަރުން އެއްވެސް ކަމެއް ކުރަން ނުޖެހޭނެ ކަމަށާއި އެކަން އެ ކުންފުންނިން ހަމަޖައްސާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ދިރާގު 28 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކަސްޓަމަރުންނަށް ވަރަށް އިޙްލާސްތެރިކަމާ އެކު ޝުކުރު ދަންނަވާ ކަމަށް އެ ކުންފުނިން ބުންޏެވެ.