30 Sep 2016, 23:38
ކ. ގުރައިދޫން ފަށައިގެން ހިންމަފުއްޓަށް ދަތުރުކުރި ލޯންޗެއް ގުރައިދޫ ފަރަށް އަރައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ 61 މީހުންނާ އެކު މިރޭ ދަތުރުކުރި ލޯންޗު ގުރައިދޫ ފަރަށް އެރި ކަމުގެ މައުލޫމާތު އެމްއެމްޑީއެފަށް ލިބުނީ މިރޭ 18:47 ހާ އިރު ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެސަރަހައްދުގައި އޮތް ސަފާރީއެއްގެ ޑިންގީގެ އެހީގައި، ލޯންޗުގައި ތިބި މީހުން ކޯސްޓްގާޑުގެ ހާބަރކްރާފްޓު ލޯންޗަށް ބަދަލުކުރި ކަމަށެވެ.
ފަރަށް އެރީ "ޝަރޫ ލޯންޗު ސާވިސް" ޖަހާފައި އޮތް ލޯންޗެއްކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އެ ލޯންޗުގައި ސަލާމަތީ އެއްވެސް ކަމެއް ފުރިހަމަކޮށްފައި ނެތް ކަމަށާއި، އޭގެ ރަޖިސްޓްރީ ފެންނަން ނެތް އިރު އެ ލޯންޗުގައި މީހުން އުފުލޭ ވަރަށް ވުރެ ގިނަ މީހުން ތިބި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއފުން ބުނީ ފަރަށް އެރި ލޯންޗުގައި ތިބި މީހުން، ކޯސްޓްގާޑުގެ ދެ ލޯންޗާއި ދެ ސީއެމްބިއުލާންސްގައި ހިންމަފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ކޯސްޓްގާޑުގެ ޑައިވަރުންގެ އެހީތެރިކަމާ އެކު "ޝަރޫ ލޯންޗު ސާވިސް"ގެ ލޯންޗު ފުންކޮށް، ގުރައިދޫ ފަޅަށް ވައްދާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.