ސ. ފޭދޫގައި ތިން އަހަރުގެ ކުޑަ ފިރިހެން ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުގައި އިންޑިއާ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ތިން އަހަރުގެ ކުޑަ ފިރެހެން ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުގައި އިންޑިއާ މީހަކު ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފޭދޫން ވާހަކަ ދެއްކި މީހަކު ބުނީ އެ ކުޑަ ފިރިހެން ކުއްޖާއާ އިންޑިއާ މީހާ ބެހުނު ކަމަށް ތުހުމަތު ކުރެވެނީ ކޮންސްޓްރަކްޝަން މަސައްކަތެއްގައި އެގެއަށް ގޮސް އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި އެކަން ފުލުހުންނަށް އެންގީ އެގޭ މީހުން ކަމަށް ވެސް އެމީހާ ބުންޏެވެ.

ކުއްޖާއާ ބެހުމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހަކީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ގުރޫޕެއްގައި މަސައްކަތް ކުރާ މީހެކެވެ.