30 Sep 2016, 15:31
ކްރިސްޓިއާނޯ ރޮނާލްޑޯގެ ޖެޓް ސްޕެއިންގެ ބާސެލޯނާ އެއާޕޯޓުގައި ޖައްސަން އުޅުމުގެ ވެއްޓިއްޖެއެވެ.
ސްޕެއިންގެ ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ 15 މިލިއަން ޕައުންޑްގެ އަގުހުރި ޖެޓް، އެލް ޕްރާޓް އެއާޕޯޓުގައި ޖައްސަން އުޅެނިކޮށް ވެއްޓުނު އިރު، އެ ޖެޓްގައި އޭރު ރޮނާލްޑޯ ދަތުރުކޮށްފައެއް ނުވެއެވެ.
ރޮނާލްޑޯގެ ޖެޓް ޖައްސަން އުޅުމުގެ ތެރޭގައި ޖެޓް ދުއްވި ޕައިލެޓަށް ކުދި އަނިޔާތަކެއް ވީ ނަމަވެސް، އިތުރު މީހަކަށް ބޮޑު އަނިޔާއެއް ވެފައެއް ނުވެއެވެ.
ރޮނާލްޑޯގެ ގާތްމީހަކު 'ދަ މިރާ'އަށް ދިން އިންޓަވިއުއެއްގައި ބުނީ، އެ ޖެޓަކީ ކުންފުނިތަކުން އާންމުކޮށް ކުއްޔަށް ހިފާ ޖެޓެއް ކަމަށާއި ޖެޓް ވެއްޓުނު އިރު އެއިން ރޮނާލްޑޯ ނުވަތަ އޭނާގެ އާއިލާގެ އެއްވެސް މެންބަރެއް ދަތުރުކޮށްފައިނުވާ ކަމަށެވެ.
ގަލްފްސްޓްރީމް ޖީ200ގެ އެ ޖެޓް ރޮނާލްޑޯ ގަނެފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.