30 Sep 2016, 14:38
މާދަމާއަކީ ބައިނަލްއަގުވާމީ ކޮފީ ދުވަސް ކަމުގައިވާތީ، މާދަމާ ގިނަ ބަޔަކަށް ހިލޭ ކޮފީ ލިބޭނެ އިންތިޒާމު އެސްޓީއޯއާއި ސިމްޑީއިން ހަމަޖައްސައިފިއެވެ.
އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މާދަމާ ފާހަގަކުރާ ދުނިޔޭގެ ކޮފީ ދުވަހުގެ މުނާސަބަތުގައި މާދަމާ ރޭ 8:00 އިން މެންދަމު 12:00 އާ ހަމައަށް މާލޭގެ ހަތް ރެސްޓޯރަންޓަކުން ހިލޭ ކޮފީ ލިބޭނެއެވެ.
އެސްޓީއޯއިން ބުނާ ގޮތުގައި ސިމްޑީއާ ގުޅިގެން "ދަ ކޮފީ ޑޭ ސްޕެޝަލް"ގެ ނަމުގައި އެ ހަތް ރެސްޓޯރަންޓުގައި ކަސްޓަމަރުންނަށް ހިލޭ ސާވް ކުރާނީ ޑެވޮންޑޭލްގެ ޚާއްސަ ބަރިސްޓާ ފްރޮތިންގް ކިރުން ތައްޔާރުކުރާ އިލީ ކޮފީއެވެ.
ކެފެއިނާ: ރޭގަނޑު 8:00 އިން 9:00 އަށް
ސިޓްރަން ބައި ލެމަންގްރާސް: ރޭގަނޑު 8:00 އިން 9:00 އަށް
ކެފޭ ލަޔާލީ: ރޭގަނޑު 9:00 އިން 10:00 އަށް
ކެފޭ އަލްފްރެސްކޯ: ރޭގަނޑު 10:00 އިން 11:00 އަށް
ކްލަބް 360: ރޭގަނޑު 11:00 އިން 12:00 އަށް
ގްރިލް ހައުސް (ވިލިމާލެ): 8:00 އިން 9:00 އަށް
ކިކްސް (ހުޅުމާލެ): 10:00 އިން 11:00 އަށް
ދުނިޔޭގެ ކޮފީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެސްޓީއޯއިން މީގެ ކުރިން ވެސް ވަނީ މިފަދަ ހަރަކާތެއް ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން 2014 ވަނަ އަހަރުގެ ބައިނަލްއަގުވާމީ ކޮފީ ދުވަހު އެސްޓީއޯއިން ވަނީ މާލޭގެ ބައެއް ކެފޭތަކުން ހިލޭ ކޮފީ ލިބޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ.