30 Sep 2016, 14:30
ފިނޭންސް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޑރ. މަރިޔަމް ވަސީމާ އައްޔަނު ކޮށްފިއެވެ.
ސީނިއާ ޕޮލިސީ އެގްޒެކެޓިވަކީ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގައި ދެވޭ މަގާމެކެވެ.
ޑރ. މަރިޔަމް ވަސީމާއަކީ މެލޭޝިއާގެ ސިޓީ ޔުނިވާސިޓީ ކޮލެޖު އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ދާއިރާއިން ޕީއެޗްޑީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.
މީގެ އިތުރުން ޑރ. ވަސީމާ ވަނީ އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ޑިގްރީ ހާސިލު ކުރައްވައި، މާކެޓިންގްގެ ދާއިރާއިން މާސްޓާސް ޑިގްރީއެއް ވެސް ހާސިލު ކުރައްވައިފައެވެ.
ޑރ. ވަސީމާ މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީއާއި އެސްޓީއޯގައި އިސް މަގާމުތަކެއް ފުރުއްވާފައި ވެއެވެ. އަދި ސްޕޯޓްސް ކޯޕަރޭޝަން ބޯޑްގައި ޑރ. ވަސީމާ މިހާރުވެސް މަގާމެއް ފުރުއްވަމުން ގެންދަވައެވެ.
ޑރ. ވަސީމާއަކީ އަންހެނުން ބާރުވެރިކުރުވުމަށާއި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ މަދަނީ ޖަމިއްޔާތަކާ ގުޅިގެން ވެސް މަސައްކަތް ކުރައްވަމުން އަންނަ ބޭކަނބަލެކެވެ.