ބާރަ ފަސިންޖަރުންގެ ޖާގައިގެ ލޯންޗެއް މެރިން އިކުއިޕްމަންޓްގެ ފަރާތުން ތައާރަފްކޮށްފިއެވެ.

މެރިން އިކުއިޕްމަންޓްގެ ބޯޓުޔާޑުގައި ބަނދެފައިވާ މި ލޯންޗު ތައާރަފްކޮށްފައި ވަނީ، ހުޅުމާލޭގައި މިހާރު ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯ 2016ގައެވެ.

މި އުޅަނދަކީ ދިގުމިނުގައި 26 ފޫޓު ހުންނަ އުޅަނދެކެވެ. އަދި މި ލޯންޗުގެ ކެބިން ސްޕޭސްއާއި ލަގެޖް ސްޕޭސްވެސް ބޮޑުވާނޭކަމަށް އެ ކުންފުނިން ބުނެއެވެ.

މެރިން އިންޑަސްޓްރީގެ ހުރިހާ ކުންފުނިތަކެއް، އެއްތަނަކަށް އެއްކޮށްގެން، ކުރިއަށް ގެންދާ މި އެކްސްޕޯގެ ބޭނުމަކީ، މެރިން އިންޑަސްޓްރީގެ ޕްރޮޑަކްޓްތަކުގެ މައުލޫމާތު ވިޔަފާރިތަކަށާއި، އާންމުންގެ ފަރާތްތަކަށް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމެވެ.

މެރިން އެކްސްޕޯގައި ހުރި، މެރިން އިކުއިޕްމަންޓްގެ ސްޓޯލުން މިހާރުވެސް މި ލޯންޗު ގަންނަން ލިބޭނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.