ރާއްޖޭގެ މާކެޓަށް މުޅިން އާ ޑައިވިން ކިޓެއް އެމްއޭ ޕްރައިވެޓް ސާވިސަސްއިން ތައާރަފްކޮށްފިއެވެ.

އެމްއޭ ޕްރައިވެޓް ސާރވިސަސްއިން މި ޕްރޮޑަކްޓް ތައާރަފްކޮށްފައި ވަނީ، ހުޅުމާލޭގައި މިހާރު ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގައެވެ.

މިއީ މިހާރު ރާއްޖޭގައި ބޭނުންކުރާ ޑައިވިން ކިޓްތަކާ ޚިލާފަށް މާބޮޑަށްވެސް ލުއި، އަވަހަށް ހިއްކާލެވޭ، ޑައިވިންކިޓެކެވެ. މި ކިޓަށް ކިޔާ ނަމަކީ، ހައިޑްރޯ ސްޓްރޯ ބީސީޑީއެވެ. މި ކިޓްގައި ސަލާމަތީ ކަންކަންވެސް ވަރަށް ވަރުގަދައެވެ.

އަލަށް ތައާރަފްކުރި ހައިޑްރޯ ސްޓްރޯ ބީސީޑީ ޑައިވިންކިޓަކީ، ޕޮލްޕްރިންޓް ނަމަކަށް ކިޔާ މެޓީރިއަލަކުން ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ.

އެމްއޭ ސާވިސްއިން ބުނިގޮތުގައި މި ޑައިވިން ކިޓް ވެގެންދާނީ، ރާއްޖޭގެ ސްކޫބާ ޑައިވިން ދާއިރާއަށް އިންގިލާބީ ބަދަލެއް ގެންނާނެ ފަދަ ކިޓެއްކަމަށެވެ.

މި ކިޓްގެ އަގު އުޅޭނީ، 9000 ރުފިޔާއަށް ކަމަށާއި، ކިޓާއެކު ކިޓް ޕެކްކުރާނެ ދަބަހަކާއި ފިންސް ހިލޭ ލިބޭނޭކަމަށްވެސް އެމްއޭ ސާވިސްއިން ބުނެއެވެ.