29 Sep 2016, 15:29
އެލްޖީއޭގެ ސީއީއޯގެ މަގާމަށް މުހައްމަދު ޝަފީގު މަހުމޫދު ހަމަޖައްސައިފިއެވެ.
އެލްޖީއޭގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ ޝަފީގު އެ މަގާމަށް ހަމަޖެއްސީ އިއްޔެ ބޭއްވި އޮތޯރިޓީގެ ބައްދަލުވުމުގައި ކަމަށެވެ.
އޭނާ އެ މަގާމަށް ހަމަޖައްސާފައި ވަނީ އާންމުކޮށް އިއުލާންކޮށްގެން އެކަމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
ޝަފީގަކީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) ގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯކަން ވެސް ކުރައްވައިފައެވެ.
އެލްޖީއޭގެ ސީއީއޯގެ މަގާމުގައި ކުރިން ހުންނެވި ފާރޫގު މުހައްމަދު ހަސަން ވަނީ އެ މަގާމުން ވަކިކުރައްވައިފައެވެ.