29 Sep 2016, 13:42
ކަޝްމީރުގައި އިންޑިއާ ސިފައިން ދިން ހަމަލާއެއްގައި ޕާކިސްތާނު ސިފައިންގެ ދެ މީހަކު މަރާލައިފި އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އިންޑިއާ ސިފައިން ދޭން ފެށި މި ހަމަލާތައް ދީފައި ވަނީ ކަޝްމީރުގައި ކަނޑައަޅާފައި އޮންނަ ލައިން އޮފް ކޮންޓްރޯލްގެ ހަތަރު ސަރަހައްދެއްގަ އެވެ. ރޭ ދަންވަރު 02:30ގައި އިންޑިއާއިން ފެށި ބަޑީގެ ހަމަލާތަކުގެ ބަދަލުގައި ޕާކިސްތާނު ސިފައިން ވެސް ބަޑީގެ ހަމަލާ ދީފައިވެ އެވެ. މި ހަމަލާތައް ނިމުމަކަށް އައީ މިއަދު ހެންދުނު 08:00ގަ އެވެ.
މިފަދަ ހަމަލާއެއް އިންޑިއާ އިން ދީފައި މިވަނީ، ކަޝްމީރުގައި ދިން ހަމަލާއެއްގައި އެގައުމުގެ ސިފައިންގެ 18 މީހަކު މަރުވެފައިވަނިކޮށެވެ. އެހާދިސާއާ ގުޅިގެން އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދުރަ މޯދީ ވަނީ އިންޑިއާ އޮތީ ޕާކިސްތާނާ ދެކޮޅަށް ހަނގުރާމަ ކުރަން ތައްޔާރަށް ކަން އިއުލާންކުރައްވައިފަ އެވެ. ނަމަވެސް ޕާކިސްތާނު ސަރުކާރުން ވަނީ އެހަމަލާގައި އެގައުމުގެ އަތެއް ނުވާ ކަމަށް ބުނެފަ އެވެ.
ކަޝްމީރު މައްސަލާގައި އިންޑިއާއާއި ޕާކިސްތާނާ ދެމެދު އޮންނަނީ ޒަމާންވީ ދުޝްމަން ކަމެކެވެ.