މިހާރު ހުޅުމާލޭގައި ކުރިއަށްދާ މެރިން އެކްސްޕޯގައި ރީ-އިންވެންޓް ކުންފުނީގެ ފަރާތުން، މެރިން އުޅަނދުތައް ސާފުކުރަން ބޭނުންވާ ޕްރޮޑަކްޓްތަކެއް މިރޭ ލޯންޗްކޮށްފި އެވެ.

އެ ކުންފުނިން މިރޭ ލޯންޗްކޮށްފައި ވަނީ "މެޑި ކްލީން ޓެކް" ނަމަކަށް ކިޔާ ސާފުކުރާ މެޝިނަކާއި "ޕާމަނަމް" ކިޔާ ލިކުއިޑެކެވެ. އެ ދެ އުފެއްދުމަކީ ވެސް ޖަރުމަނުގައި އުފައްދާ، ދުނިޔޭގެ އެކި ހިސާބުތަކުގައި މަގުބޫލު ދެ އުފެއްދުމެކެވެ.

ސާފުކުރަން ހާއްސަ ދެ ޕްރޮޑަކްޓް ލޯންޗްކުރުމަށް މިރޭ ބޭއްވި އިވެންޓްގެ ތެރެއިން ---- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ރީ އިންވެންޓުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމް އާދަމް މިރޭ "ސަން" އަށް ވިދާޅުވީ، އާންމުކޮށް ސާފުކުރަން ބޭނުންކުރާ މެޝިންތަކާ އަޅައިބަލާއިރު، މެޑި ކްލީން ޓެކަކީ ފާހަގަކޮށްލެވޭ ފެންވަރަށް ކޮލިޓީ ރަނގަޅު އުފެއްދުމެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެއީ "ކެމިކަލް ފްރީ" ޕްރޮޑަކްޓްތަކެއް ކަމަށެވެ. އެހެންކަމުން ރާއްޖެއަކީ ތިމާވެށި ނާޒުކު ގައުމަކަށްވާއިރު މިރޭ ލޯންޗްކުރި ދެ ޕްރޮޑަކްޓަކީ ވެސް ތިމާވެއްޓާ ރައްޓެހި ރާއްޖޭގެ މާހައުލާ އެންމެ ގުޅޭނެ ދެ ޕްރޮޑަކްޓްކަމަށް އޭނާ ވިދާޅުވި އެވެ.

ދެވަނައަށް މިރޭ އެ ކުންފުނީގެ ފަރާތުން ލޯންޗްކުރި އުފެއްދުމަކީ ސާފޭސް ކްލީނިން އަށް ހާއްސަ ޕްރޮޑަކްޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސާފުކުރަން ހާއްސަ ދެ ޕްރޮޑަކްޓް ލޯންޗްކުރުމަށް މިރޭ ބޭއްވި އިވެންޓްގެ ތެރެއިން ---- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

"މި ޕްރޮޑަކްޓް އަޅުގަނޑުމެން މި ލޯންޗްކުރީ މިހާރު ރާއްޖޭގަ އަގުބޮޑު ވޯޓާސްޕޯޓްސް އިކުއިޕްމަންޓްތައް ވެސް އެބަ ގެންގުޅޭ. ހުރިހާ އެއްޗެއް ބޭލުމުގެ ކުރިން ނުވަތަ ގެންގުޅޭ އިރުވެސް މީގެން ކެމިކަލް ފްރީ އެއްޗަކަށް ވާތީ މިއިން ތިމާވެއްޓަށް ފައިދާވެފަ، ސާފޭސް ލޭޔާ ރީތިކޮށް އެބަ ހިފެހެއްޓޭ ކެމިކަލް ބޭނުން ނުކޮށް،" ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރީއިންވެންޓް މޯލްޑިވްސް އިން މިހާރު އެ ޕްރޮޑަކްޓްތައް ލިބެން ހުންނާނެ ކަމަށެވެ.