28 Sep 2016, 11:41
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ކ. އަތޮޅު ބުރުގެ ފައިނަލަށް ގުރައިދޫ އާއި ހިންމަފުށި ދަތުރުކޮށްފި އެވެ.
ކ. އަތޮޅުގެ ފައިނަލުން ގުރައިދޫ އާއި ހިންމަފުށި ޖާގަ ހޯދާފައި ވަނީ އެ ބުރުގެ އެއް ވަނަ އަދި ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. ގުރައިދޫ އާއި ހިންމަފުށީގެ އިތުރުން ދެން ކ. އަތޮޅު ބުރުގައި ވާދަކޮށްފައި ވަނީ ގުޅި އެވެ.
މިނިވަން ޗެމްޕިއަންޝިޕްގެ ކ. އަތޮޅު ބުރުގެ ފައިނަލުގައި ގުރައިދޫ އާއި ހިންމަފުށި ބައްދަލުކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު އެވެ. އެ ދުވަހުގެ ހަވީރު ކުޅޭ އެ މެޗު ކުރިއަށްދާނީ ގުރައިދޫ ފުޓްބޯޅަ ދަނޑުގަ އެވެ.
ކ. އަތޮޅުގެ ފައިނަލުން މޮޅުވެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް ޒޯން ހަތަރެއްގެ ބުރުން ޖާގަ ލިބޭނެ އެވެ. އެ ބުރުގައި ވާދަކުރާނީ ކ. އަތޮޅުގެ ޗެމްޕިއަނުންނާއި އދ. އަތޮޅުގެ ޗެމްޕިއަނުންނެވެ. ހޯމް އެންޑް އަވޭ އުސޫލުން އެ ބުރު ކުރިއަށްދާ އިރު، ފުރަތަމަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ. އަދި ދެ ވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.