އުރީދޫ މޯލްޑިވްސް އިން އެކުންފުނީގެ އޮފިޝަލް ފޭސްބުކް ޕޭޖުގައި ކުރިއަށް ގެންދިޔަ އައިފޯން ގިވް އަވޭ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފިއެވެ.

އެ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް ހޮވިފައިވަނީ މުހައްމަދު ޝައްވާޒް އެވެ. އެ ޕްރޮމޯޝަންގައި ދިނުމަށް ހަމަޖައްސާފައިވަނީ އައިފޯން 7 ޖެޓް ބްލެކް 256 ޖީބީ ގެ ފޯނެކެވެ. ގުރުއަތުން ޝައްވާޒު ހޮވުމާ އެކު އޭނާ އާ ފޯނު ހަވާލުކޮށްފައިވަނީ އިއްޔެ އެވެ.

ޝައްވާޒްއާ ފޯނު ހަވާލުކޮށްފައިވަނީ އުރީދޫގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ނޫރާ ޒާހިރު އެވެ.

އުރީދޫގެ ފޭސްބުކް ޕޭޖްގައި ހިންގި މި ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު އުރީދޫގެ ފޭސްބުކް ޕޯސްޓަށް 9،000 އަށް ވުރެ ގިނަ ލައިކް ލިބި، ތިން ހާހަށްވުރެ ގިނަ މީހުން ޝެއާ ކޮށްފައިވެއެވެ. އަދި 6000 އަށްވުރެ ގިނަ ކޮމެންޓްވެސް އެ ޕޯސްޓަށް ލިބިފައިވެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުން ޖެހެނީ އުރީދޫއިން އައިފޯނެއް ގަންނަންވީ ކީއްވެ ކަން ހާމަކޮށް ޕޯސްޓަށް ކޮމެންޓް ކުރާށެވެ.