06 Jun 2011, 00:06
އޯކިޑް މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކު މިރޭ ޒަހަމްވެއްޖެ އެވެ.
ފުލުހުން ބުނީ، މިރޭ 8:00 ޖަހާއެހާކަންހާއިރު ހިނގި އެ އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލް ދުއްވަން އިން މީހާއާއި އެމަގުން ހިނގާފައިދިޔަ ދެ ބިދޭސީއަކު ކަމަށެވެ. އެމީހުންނަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިހާރުވަނީ ދޫކޮށްލާފަ އެވެ.
މިހާތަނަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ އެކްސިޑެންޓް ހިނގާފައިވަނީ އޯކިޑްމަގުން ހުޅަނގުން އިރަށް ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވިގެންގޮސް އެމަގުގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި ޖެހިގެން ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އެ އެކްސިޑެންޓް ޓްރެފިކް ޕޮލިސް ޑިޕާރޓްމަންޓް މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.