ފުލުހުންގެ ބަންދުގައި ހުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށުން ކްރިމިނަލް ކޯޓަށް ހާޒިރު ކުރި ވަގުތު ކޯޓުތެރޭން ސިނގިރޭޓު ދޭން އުޅުނު މީހަކު ހައްޔަރު ކޮށްފި އެވެ.

މިއަދު މެންދުރު ތިނެއްޖަހާ އެހާއިރު އެކަން ހިގާފައި ވަނީ ކްރިމިނަލް ކޯޓުގެ ރިސެޕްޝަން އޭރިޔާ ސަރަހައްދުންނެވެ. މަންޒަރުދުށް މީހަކު 'ސަން' އަށް ބުނީ އޭނާ ކްރިމިނަލް ކޯޓު ރިސެޕްޝަން އޭރިޔާ އަށް ވަނީ އަޑުއެހުމަކަށް ވަންނަން ކަމަށް ބުނެ ކަމަށެވެ.

ގޮނޑީގައި އިނދެފައި ފުލުހުންގެ ބަންދުގައި ތިބި މީހުން ވެއްދި ވަގުތު އެތަނުން މީހަކަށް ސިނިގިރޭޓެއް ދިންތަން ފެނުނު ކަމަށް އެމީހާ ބުންޏެވެ. ފުލުހުން އައިސް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރު ވެސް އެ ސަރަހައްދުގައި ތިބި ނޫސްވެރިނަށް ވަނީ ފެނިފަ އެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އެހެންވެ ހައްޔަރުކުރި މީހާގެ އުމުރާއި ތަފްސީލް ވަނީ ސާފުނުވެ އެވެ.