އިންލޭންޑް ރެވެނިއު ބޯޑް އޮފް މެލޭޝިއާ އާއި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީން އާ ދެމެދު ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

މި އެމްއޯޔޫ އަކީ މީހުން ބިނާ ކުރުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ދެ ގައުމުގެ ޓެކްސް އިދާރާގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ ގޮތުން ވެފައިވާ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައި ވަނީ މެލޭޝިޔާގައި މިހާރު ކުރިއަށްދާ އިސްލާމީ ގައުމުތަކުގެ ޓެކްސް އިދާރާތަކުގެ އަހަރީ ބައްދަލުވުމުގަ އެވެ.

ތިން އަހަރު ދުވަހުގެ މުއްދަތަށް އިތުރު ކުރެވި އަލުން އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު އެވެ. އަދި މެލޭޝިޔާގެ ޓެކްސް އިދާރާ އިންލަންޑް ރެވެނިޔު ބޯޑް އޮފް މެލޭޝިޔާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިޔުޓީ ޗީފް އޮފް އެގްޒެކެޓިވް އޮފިސަރު ޑަޓުކް ސަބިން ސަމިތާ އެވެ.