އީރާނުގައި ފުރަތަމަ ފަހަރަށް ކްރެޑިޓް ކާޑުގެ ހިދުމަތް ދޭން ފަށައިފިއެވެ.

އެގައުމުގެ މަރުކަޒީ ބޭންކުގެ އިސްވެރިޔާ، ވަލީއުﷲ ސައިފްއާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި އެގައުމުގެ ބޭންކުތަކުން ކްރެޑިޓް ކާޑް ސިސްޓަމަށް ހޭނެން ދުވަސްކޮޅެއް ނަގާނެ އެވެ. އަދި ކްރެޑިޓް ކާޑުގެ ހިދުމަތް ވައިގައި ހިފަންވެސް ދުވަސް ނަގާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެގައުމުގައި ކްރެޑިޓް ކާޑުތައް ދޫކުރާނީ 3000 ޑޮލަރާއި 10،000 ޑޮލަރު އަދި 15،000 ޑޮލަރުގެ ކްރެޑިޓަކާ އެކު އެވެ. އަދި އެ ކާޑުތައް ބޭނުން ކޮށްގެން އޮންލައިން ވިޔަފާރީގެ އިތުރުން އެހެނިހެން ވިޔަފާރިވެސް ކުރެވޭނެ އެވެ.