ވޮލީބޯޅަ އެސޯސިއޭޝަންގެ އިންތިހާބުގައި ރައީސްގެ މަގާމަށް ކުރީގެ ދެ ވޮލީ ކުޅުންތެރިންކަމަށްވާ މުހައްމަދު ލަތީފް އާއި އިސްމާއިލް ރިފާއު (ޗިޗޫ) ކުރިމަތިލައިފިއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެ އިންތިހާބުގައި ރިފާއު ކުރިމަތިލީ އަމިއްލަ ގޮތުންންވެ. ލަތީފް ކުރިމަތިލާފައިވަނީ ޔޫތު ސްޕޯޓްސްގެ ފަރާތުންނެވެ.

ވޮލީގެ އިންތިހާބު އަލުން ބާއްވަން ނިންމީ މި އަހަރުގެ މާޗު މަހު ބޭއްވި އިންތިހާބު މުހައްމަދު ރިޔާޒް ކާމިޔާބުކޮށްފައިވަނިކޮށް، އިންތިހާބުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ ސްޕޯޓްސް ކޮމިޝަނުންނާއި ހޯމް މިނިސްޓްރީން އެ އިންތިހާބު ބާތިލްކުރުމުންނެވެ.

ވޮލީގެ ނާއިބު ރައީސްކަމަށް ކުރިމަތިލީ މިދިޔަ އިންތިހާބުގައި ނައިބު ރައީސަކަށް ކުރިމަތިލައި ނާކާމިޔާބުވި އިއްޒަތު ވަހީދެވެ. އެމަގާމަށް ކުރިމަތިލީ ވެސް އޭނާއެކަންޏެވެ.

ހަޒާންދާރު ކަމަށްވާ ކުރިމަތިލީ ކުރީގެ އެއްވަނަ ސެޓަރު އަދި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަންކަން ކޮށްފައިވާ މުހައްމަދު ރަނޭޝް އެވެ. ރޫލްސް ކޮމިޓީގެ ތިން މެމްބަރުން ކަމަށް ކުރިމަތިލެއްވީ ތިން ފަރާތެކެވެ. އެއީ އަލީ އިޔާޒާއި އިބްރާހިމް ފަލާހް އަބޫބަކުރު އަދި އަދުނާން އަބްދުއްރަހީމް (ނާނު) އެވެ.

ޓެކްނިކަލް އެންޑް ޑިވެލޮޕްމަންޓް ކޮމިޝަނަށް ކުރިމަތިލީ ހަސަން އަގްލީން އާއި ޝަވްފާން އަހުމަދާއި ކުރީގެ ގައުމީ ކޯޗު މުހައްމަދު ނަދީމެވެ.