ބޮލީވުޑްގެ ބަތަލާ ސުޝްމީތާ ސެންގެ ގޭގައި މަދިރި އާލާވާ ގޮތަށް ތަންތަން ހުރުމުން، އެތަންތަން ނައްތާލުމަށް އަންގައި އޭނާ އަށް ނޯޓިސް ފޮނުވައިފި އެވެ.

މަދިރި އާލާވާގޮތަށް ހުރި ތަންތަން ފެނިފައި ވާނީ މުމްބާއީގައި ސުޝްމީތާ ދިރިއުޅޭ ގެއިންނެވެ.

އެ ގޭގައި މަދިރި އާލާވާގޮތަށް ހުރި ތަންތަން ނައްތާލުމަށް އަންގައި ސުޝްމީތާއަށް ނޯޓިސް ފޮނުވާފައި ވަނީ ބްރިހަންމުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އިންނެވެ.

ޚަބަރުތައް ބުނާގޮތުން، ސުޝްމީތާގެ ގޭގައި އެފަދަ ތަނެއް ހުރި ކަމުގެ ޝަކުވާ ލިބިގެން އެކަން ބެލުމަށް ބީއެމްސީ އިން މަސައްކަތް ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

ނަމަވެސް ސުޝްމީތާ މުމްބާއީގައި ނެތުމުގެ ސަބަބުން މިދިޔަ ހުކުރު ދުވަހާ ހަމައަށް ވެސް ބީއެމްސީއަށް ވަނީ އެކަން ކުރެވޭ ގޮތް ނުވެފަ އެވެ.

ގޭތެރޭގައި މަދިރި އާލާވާގޮތަށް ތަންތަން ބެހެއްޓުމަކީ އަދަބު ލިބޭ ކުށެކެވެ. އެގޮތުން ޖޫރިމަނާގެ ގޮތުގައި 10،000 އިންޑިއަން ރުޕީޒް އާއި 20،000 އިންޑިއަން ރުޕީޒްގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

ސުޝްމީތާގެ އިތުރުން މީގެ ކުރިން ޝާހިދު ކަޕޫރަށް ވެސް ވަނީ އެފަދަ ނޯޓިސް އެއް ފޮނުވައިފަ އެވެ.