ހދ. މަކުނުދޫގައި އުމުރުން ދުވަސްވީ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް މިރޭ ވިދާޅުވީ ހދ. މަކުނުދޫގައި އުމުރުން 58 އަހަރުގެ ފިރިހެން މީހަކު ދަންޖެހިފައި ހުއްޓާ ފެނުނު މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އޭނާ މަކުނުދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވިންދު ހުރި ކަމަށެވެ. އަދި ވިދާޅުވީ އޭނާ މަރުވީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށް މިރޭ އިރުއޮށްސި 7:05 އެހާކަށްހާއިރު ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މަކުނުދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު "ސަން"އަށް މިރޭ ވިދާޅުވީ، އުމުރުން ދުވަސްވީ މީހަކު ދަންޖެހިގެން މިރޭގެ ވަގުތެއްގައި އެ މަރުކަޒަށް ގެނެވުނު ކަމަށެވެ. އަދި ވިދާޅުވީ އެ މީހާ މަރުކަޒަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން، މަކުނުދޫ ކައުންސިލުންވެސް އިތުރު ތަފުސީލެއް ނުދެއެވެ.