26 Sep 2016, 12:35
މަކީޓާގެ ޕަވަރ ޓޫލްސް ހެޔޮ އަގެއްގައި ވިއްކާ ޕްރޮމޯޝަނެއް އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓުން ފަށައިފި އެވެ.
އިއްޔެއިން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި ޕްރޮމޯޝަނުގައި، މަކީޓާގެ ޕަވަރ ޓޫލްސް، ޚާއްސަ ހެޔޮ އަގުތަކުގައި ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.
އެސްޓީއޯއިން މައުލޫމާތު ދޭ ގޮތުގައި، މަކީޓާގެ ތަކެއްޗަށް ކުރާ ކޮންމެ 500 ރުފިޔާއެއްގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބި، ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ.
މި ލަކީޑްރޯއިން ކޮންމެ ހަފްތާއަކު ދެ ނަސީބުވެރިއަކު ގުރުއަތުން ހޮވާ އިރު، އެފަރާތްތަކަށް ވަރަށް އަގުހުރި އިނާމުތަކެއް ލިބޭނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެ އެވެ. އެގޮތުން ދެވޭ އިނާމުތަކުގެ ތެރޭގައި ފިލިޕްސް އަދި މަކީޓާ ބްރޭންޑުގެ ތަކެތި ހިމެނެ އެވެ.
އާންމުކޮށް މަކީޓާގެ ޕްރޮޑަކްޓްތަކަށް ހަ މަސް ދުވަހުގެ ވޮރެންޓީ އެސްޓީއޯއިން ދެމުން އަންނަ ނަމަވެސް، މި ޕްރޮމޯޝަން ކުރިޔަށް ދާ މުއްދަތުގައި ކަސްޓަމަރުން ގަންނަ މަކީޓާގެ ޕަވަރ ޓޫލްތަކަށް އެއް އަހަރު ދުވަހުގެ ވޮރެންޓީ ދިނުމަށް އެސްޓީއޯއިން ވަނީ ނިންމާފައެވެ.
އެސްޓީއޯއަކީ މަކީޓާ ބްރޭންޑުގެ، ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.