26 Sep 2016, 08:47
ހިންދީ ސިނަމާގެ ކެމެރާ ކުރިމަތިން އެކްޓަރެއްގެ ގޮތުގައި ނުފެނުނު ނަމަ، ދެން ފެންނާނީ ނޫސްވެރިއެއްގެ ގޮތުގައި ކަމަށް ބޮލީވުޑްގެ އެކްޓަރު އަދި ލަވަކިޔުންތެރިޔާ އާޔޫޝްމަން ޚުރާނާ ބުނެފި އެވެ.
އިންޑަސްޓްރީ އާ ގުޅުމަށް ފަހު އާޔޫޝްމަން ވަނީ އެކްޓު ކުރުމާއި ލަވަކިޔުމުގެ އިތުރުން ޝޯވ ތަކުގައި ހޯސްޓެއްގެ ގޮތުން ވެސް މަސައްކަތް ކޮށްފަ އެވެ.
"އަހަރެންގެ އަތުގައި އޮންނާނެ ޕްރިންޓް ޖާނަލިޒަމް އިން ޑިގްރީ އެއް. އެހެންވީމަ އެކްޓަރެއްގެ ގޮތުގައި ނުފެނުނު ނަމަ ފެންނާނީ ނޫސްވެރިއެއްގެ ގޮތުގައި،" ޕަންޖާބު ޔުނިވާސިޓީ އިން ޑިގްރީ ހާސިލް ކުރި އާޔޫޝްމަން ބުންޏެވެ.
އޭގެ އިތުުރުން އާޔޫޝްމަން ވަނީ ސައިކަލް ރޭސް ޖެހުމަށް ވެސް ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށް ބުނެފަ އެވެ.
އާޔޫޝްމަން ބުނީ އޭނާ އަކީ އެންމެނާ ވެސް ގުޅޭ ވަރަށް ސަކަ މިޒާޖެއްގެ މީހެއްގެ ކަމަށެވެ. އަދި ޅަ އުމުރުގައި ކައިވެނިކޮށް ބައްޕަ އަކަށް ވުމަކީ އެއްގޮތަކަށް ވެސް ދެރަވާ ކަމެއް ނޫން ކަމަށާއި، ދަރިފުޅާ އެކު ވަގުތު ހޭދަކުރުމަކީ އެންމެ އުފާވާ ކަންތައް ކަމަށެވެ.
އާޔޫޝްމަން ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން ބޭވަކޫފިޔާ އަދި ވިކީ ޑޯނާ ފާހަގަކޮށްލެވެ އެވެ.