26 Sep 2016, 08:44
ބޮލީވުޑުގެ ހުނަރުވެރި ބަތަލާ، ކާޖަލް ފޭސްބުކާ ގުޅިފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ.
ގިނަ ތަރިންނާ ޚިލާފަށް ސޯޝަލް މީޑިއާ އާއި ދުރުން އުޅުމަށް ފަހު، ކާޖަލް ސޯޝަލް މީޑިއާއާ ގުޅިފައި ވަނީ ސެން ފްރާންސިސްކޯގައި ހުންނަ ފޭސްބުކް އޮފީހަށް ދިއުމަށްފަހު އެވެ.
ހުކުރު ދުވަހު ފޭސްބުކާ ގުޅުމަށް ފަހު ކާޖަލް ކުރި ފުރަތަމަ ޕޯސްޓު ޚާއްސަ ކުރީ އޭނާގެ މަންމަ އަދި ކުރީގެ އެކްޓްރެސް ތަނޫޖާ އަށެވެ. ކާޖަލްގެ ޑެބިއު ޕޯސްޓަކީ ކުރު ވީޑިއޯ އެކެވެ. އެ ވީޑިއޯ ޚާއްސަކޮށްފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު އުފަންދުވަސް ފާހަގަ ކުރާ އޭނާގެ މަންމަ އަށެވެ.
އަޖޭ އާއި ކާޖަލް މިހާރު ތިބީ އަޖޭގެ ކުރިއަށް އޮތް ފިލްމު "ޝިވޭ"ގެ ޕްރޮމޯޝަން މަސައްކަތުގައި އެމެރިކާގަ އެވެ.