25 Sep 2016, 15:15
ހިދުމަތް މެދުކެނޑުނުތާ ތިން ގަޑިއެއްހާއިރު ފަހުން ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްތަކާއި ޕީއޯއެސްގެ ހިދުމަތް ދޭން ފަށައިފި އެވެ.
ބީއެމްއެލްގެ މީޑިއާ އޮފިޝަލް ދެންމެ ސަން އަށް ވިދާޅުވީ މިހާރު އެހިދުމަތްތައް ދައްޗެއްނެތި ލިބޭނެ ކަމަށެވެ.
މިއަދު މެންދުރު 12:00 ޖަހާއެހާކަންހާއިރު އެ ބޭންކުގެ ހުރިހާ ޕީއޯއެސް އަކާއި އޭޓީއެމްގެ ހިދުމަތް މެދުކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެންކަމަށް އެ ބޭންކުން ބުނެ އެވެ. ދިމާވި މައްސަލާގެ ތަފްސީލް ހާމައެއް ނުކުރެ އެވެ.
އެ ދެ ހިދުމަތް މެދުކެނޑުނު ނަމަވެސް ބީއެމްއެލްގެ ބުރާންޗްތަކުން ދިޔައީ ހިދުމަތް ދެމުންނެވެ. ނަމަވެސް އެ ދެ ހިދުމަތް މެދުކެނޑުމުން އެތައް ބަޔަކަށް އޭގެ ދަތިކަން ފޯރި އެވެ.